ފ. ބިލެތްދޫ ކައުންސިލުން ކުރިއަށްގެންދިޔަ، އެ ކައުންސިލް ގެ ފުރަތަމަ ޤުރުއާން މުބާރާތް 1443 ގެ ފަޚުރުވެރި އެއްވަނަ ފ.ބިލެތްދޫ މޯނިންގވިލާ އާމިނަތު މައިހާ މުޙައްމަދު ޙާޞިލްކޮށްފިއެވެ.
މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ މައިހާ ހޯދާފައިވާއިރު، މުބާރާތުގެ ދެވަނަ ތިން ބައިވެރިއަކު ވަނީ ހޯދައިފައެވެ. އެއީ ސިތާމް މުޙައްމަދު ސިޔާމް، މިހުނާ ރަޝީދު އަދި ނަފްހާ މުހައްމަދު ހަމްދީ އެވެ. މި މުބާރާގެ ތިންވަނަ ހާސިލްކޮށްފައިވަނީ ހުސާމް މުޙައްމަދު ހަމްދީއެވެ.

ބިލެތްދޫ ކައުންސިލުގެ ފުރަތަމަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކޮށް، ޤުރުއާނާބެހޭ މަރުކަޒުން ސެޓްފިކެޓް ހާސިލްކުރައްވާ ބިލެތްދޫގެ ކޮންމެ ފަރުދަކަށް 25000-/ (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމަށެވެ.

މި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ ބިލެތްދޫ ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތުގައި، މި މުބާރާތަށް އެކި އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެން އެންމެހާ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. ހަމަމިއާއެކު މި މުބާރާތުގައި ބައިވެރިވި އެންމެހާ ބައިވެރިންނަށްވެސް ވަނީ ބައިވެރިވި ކަމުގެ ލިޔުން ދީފައެވެ.
advertisment
ހިޔާލު