ކުޑަފަރީ ސްކޫލްއިން އެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން "އޯޝަން އެވެއަރނަސް" ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންއެކެވެ. ކުޑަފަރީ ސްކޫލުން ބުނި ގޮތުގައި މި ސެޝަނަކީ، އެ ސްކޫލުން ބައިވެރިވެފައިވާ ޕާރލޭ އެއަރ ޗެލެޖްގެ ރީ ޑިޒައިން ބައިގެ ދަށުން ކުރިއަށް ގެންދެވުނު މައުލޫމާތު ދިނުމުގެ ސެޝަނެއްކަމަށެވެ.
މި ސެޝަނުގައި ކަނޑު ތަކާއި ފަރުތަކުގެ ތަފާތު މައުލޫމާތާއި މި ތަންތަން ހިމާޔަތްކުރާނެ ގޮތްތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލްތަކާއި ގުޅޭގޮތުންވަނީ ދަރިވަރުންނަށް މައުލޫމާތު ދެއްވާފައެވެ.
1 ގަޑިއިރުގެ މި ސެޝަން ނަންގަވާދެއްވީ ޕެޑި ކޯސް ޑައިރެކްޓަރ ޒޫނާ ނަސީމްއެވެ. ޒޫނާ ވަނީ މި ސެޝަނުގައި ދަރިވަރުންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ކުޑަ ފަރީ ސްކޫލުން ބުނި ގޮތުގައި، މިފަދަ އެތަށް ޕްރޮގްރާމެއް ކުރިއަށް އޮތްތާ ބޭއްވުމަށް އެ ސްކޫލުންވާނީ ރާވާފަކަމަށެވެ.
advertisment
ހިޔާލު