ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސަތޭކަ ކުދިންގެ ތެރޭގައި ރާއްޖޭގެ އެންމެ ހަތަރު އަހަރުގެ މަކީނާ ނައުޝީން ހިމެނިއްޖެއެވެ.
މި ސަތޭކަކުދިންގެ ތެރޭގައި ނައުޝީން ހިމެނުނީ މިކަން އިންތިޒާމް ކުރާ ޗައިލްޑް ޕްރޮޑިޖީން ނޮމިނޭޓް ކުރި ފަސްކުދިންގެ ތެރޭގައެވެ.
ދުނިޔެއިން ފާހަގަކޮށްލެވޭ މި ސަތޭކަ ކުދިންނަށް އެވޯޑް ދިނުމުގެ ހަޕްލާ އޮތީ އިންޑީޔާގެ ޗާންދީގަޅުގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފްލާގައި ނައުޝީން ބައިވެރިވީ އޮންލައިންކޮށެވެ. މި ހަފްލާގައި ނައުޝީން ވަނީ ރާއްޖެއާއި އިންޑިޔާގެ ޤައުމީ ސަލާމް ހުށާހަޅާދީފައެވެ.
ނައުޝީންގެ އިތުރުން ޗައިލްޑް ޕްރޮޑިޖީން ނޮމިނޭޓް ކުރި ކުދިން ނިސްބަތް ވަނީ ދުބާއީ، މެލޭޝިޔާ އަދި އިންޑިޔާއަށެވެ.
މި ހަފުލާގައި މެގަޒިނެއް ވެސް ވަނީ ލޯންޗް ކޮށްފައެވެ. މި މެގަޒިންގައި މިފަހަރު ޗައިލްޑް ޕްރޮޑިޖީ ލިބުނު 100 ކުދިންގެ ޕްރޮފައިލް ވަނީ ހިމަނާފައެވެ. މި މެގަޒިންގެ ކަވަރޕޭޖަށް އިންޑިއާގެ މަޝްހޫރުގޫގުލް ބޯއީ އާއިއެކު ދިވެހިރާއްޖޭގެ ނައުޝީންގެ ފޮޓޯ ވެސް ހިމެނެއެވެ.
ނައުޝީން އަށް މިއެވޯޑު ދީފައި ވަނީ އާދަޔާޚިލާފަށް ހުނަރުވެރި ފޮތްކިޔުންތެރިއަކަށް ވުމުންނެވެ. އުމުރުން 15 މަހުގައި ގިނަ ޢަދަދެއްގެ ބަސްތައް އަދި އަކުރިތަށް ފޯނިކްސް މެތަޑަށް ނުވަތަ އަކުރުތަކުގެ އަޑުބޭނުންކޮށްގެން ކިޔަންދަސްވެ މިއުމުރުގައި އަަދަޔާ ޚިލާފަށް ގިނަ ފޮތް ކިޔުމިގެ ކުޅަދާނަކަން ލިބިފައިވާކަން އެފަރާތުން ފާހަގަކޮށްފައިވެއެވެ. ޤުރުއާންގެ ގިނަ ސޫރަތްތައް ވަރަށް ކުޑައިރު ދަސްކޮށް، އިގިރޭސިބަހެއް ބުނުމުން އެބަހުގެ ސްޕެލިންގް ބުނުމުގެ ކުޅަދާނަކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި ދިވެހި އިނގިރޭސިބަހުން ފޮތްކިޔަން ފަރިތަ ނައުޝީންގެ އެހުނަރުތަށް ފާހަގަކޮށް ދަ ޗައިލްޑް ޕްރޮޑިޖީެިން މިއެވޯޑު ދޭން ނިންމީއެވެ.
advertisment
ހިޔާލު