ގެމަނަފުށީ ސްކޫލް ގުރޭޑް 10އެއްގެ ދަރިވަރުން ފުވައްމުލަށް ޕަބްލިކް ލައިބްރަރީއަށް ޒިޔާރަތްކޮށްފިއެވެ. މިއީ އެ ސްކޫލްއިން އެރަށު ސްކޫލަށްކުރި ދަތުރެއްގައި ޕަބްލިކް ލައިބްރަރީއަށްކުރި ޒިޔާރަތެކެވެ.
ގެމަނަފުށީ ސްކޫލުން ބުނިގޮތުގައި، މި ދަތުރަކީ އެ ސްކޫލުން ނުލިބޭ ބައެއް ވަސީލަތްތަށް ހޯދަންކުރި ދަތުރެއްކަމަށެވެ. އެ ގޮތުން ލެބޯޓަރީގެ ހިދުމަތާއި ބައެއް ތަޖުރިބާ ހުރި މުދައްރިސުންގެ އެހީތެރިކަން އެ ސްކޫލް 10 އެއްގެ ދަރިވަރުންނަށް ލިބުނުކަން އެ ސްކޫލްުން ފާހަގަކުރިއެވެ. އެ ގޮތުން މި ދަތުރުގައި ފުވައްމުލައް ލައިބްރަރީންވަނީ، އެތަނަށް ޒިޔާރަތްކުރުމަށް ކުދިންނާއި ޓީޗަރުންނަށް ދައުވަތު ދީފައެވެ. މި ޒިޔާރަތުގައި ލައިބްރީގެ ފަރާތުން ގެމަނަފުށީ ސްކޫލަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ގެމަނަފުށީ ސްކޫލުން ފާހަގަކުރެއްވި ގޮތުގައި މި ޒިޔާރަތުގައި، ފުވައްމުލައް ޕަބްލިކް ލައިބްރަރީގެ ފަރާތުން އެ ސްކޫލަށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔައެވެ. އެ ގޮތުން އެ ލައިބްރަރީން ހިންގާ އެކި ކޯސްތަކާއި މުބާރާތްތަކުގެ އިތުރުން ލައިބްރަރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުންވެސްވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މީގެ އިތުރުންވެސް ފުވައްމުލައް ޕަބްލިކް ލައިބްރަރީގެ ފަރާތުން ގެމަނަފުށީ ސްކޫލަށްވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ. އެ ސްކޫލުން ބުނި ގޮތުގައި މިއީ އެ ސްކޫލަށް ވަރަށް ބޭނުންތެރި ފޮތްތަކެއްކަމަށެވެ. އެ ގޮތުން ގެމަނަފުށީ ސްކޫލް ލައިބްރަރީއަކީ، އެހާ ތަނަވަސް ނޫން ލައިބްރަރީއެއްކަން ފާހަގަކުރަމުން އެ ސްކޫލުން ބުނީ މި ހަދިޔާއަކީ، މި ވަގުތު ސްކޫލަށް ވަރަށް މުހިއްމު އެއްޗެއްކަމަށެވެ. ގެމަނަފުށީ ސްކޫލްގެ ފަރާތުން ފުވައްމުލައް ޕަބްލިކް ލައިބްރަރީއަށްވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
advertisment
ހިޔާލު