ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރުއާން މުބާރާތް 2022 ގެ ފައިނަލް ބުރުގައި ނަބީޙް ރާއްޖެ ތަމްސީލްކޮށްފިއެވެ.
މި މުބާރާތަކީ 1443 ވަނަ ރަމަޟާންމަހުގެ އެކަކުން 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މުބާރާތެކެވެ.
އުމުރުން އެންމެ 19 އަހަރުގެ ނަބީޙް ހޮވިފައިވަނީ، ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލި ފުރުސަތުގައި ބައިވެރިވި ތިން މީހުންގެ ތެރެއިންނެވެ. އަލްހާފިޡް އަޙްމަދު ނަބީޙް ވަނީ މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށް ފައިނަލް ބުރުގައި ކިޔާފައެވެ.
މީގެ އިތުރުން، ނަބީޙް ވަނީ ތަފާތު އެކި ރާގުރާގުން ކިޔެވުން ފަދަ ހުނަރުތައްވެސް ދައްކާފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ އިތުރުން، ޤުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ނަބީޙު ވަނީ ޙާޞިލުކޮށްފައެވެ. ނަބީޙުގެ މިހާރުގެ އުއްމީދަކީ މި މުބާރާތުގެ ނަތީޖާ ފާޅުކުރާ ހަފްލާގައި ފަޚުރުވެރި ވަނައެއް ހާސިލް ކުރުމެވެ.
advertisment
ހިޔާލު