3 ދާއިރާއަކުން ހިލޭ ކިޔެވުމުގެ ފުރުސަތު!

"ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން އިތުރު ޕްރޮގްރާމްތަކެއް ހިންގަން ނިންމައިފިއެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮގްރާމްތަކަކީ، ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމުގެ ގޮތުން ވަޒީފާއަށް  އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

އެގޮތުން މިފަހަރު ހިލޭ ހިންގާ ތަމްރީނު ޕްރޮގްރާމްތައް ހާއްސަކޮށްފައިވަނީ 3 ދައިރާއަކަށެވެ. އެއީ އެކައުންޓިންގ، އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަދި ޑައިވިންގ މި ދާއިރާތަކެވެ. މިދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރުވަނީ ފުރުސަތު ހުޅުވާލަން ނިންމާފައިކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކީ، މިނިސްޓްރީގެ އީމެއިލް procurement@trade.gov.mv ހުށައެޅުމަށްވަނީ އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *