ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އެކިއެކި ހެދިބޮޑުވުމުގެ ލަސްކަން ދެނެގަތުމަށްޓަކައި ބޭނުންވާ ވަސީލާތް އުފެއްދުމަސް އެސްކީއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.
މިއީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް ދެއަކާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ވަސީލާތްތަކެވެ.
އަދި މި މަސައްކަތަކީ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަނުގެ ހިލޭ އެހީން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން، ޑިޕަރޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން (ޑީއޯއައިއީ)ން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޑިޕަރޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ދަނީ ހުރިހާ ކުދިން ޝާމިލުވާނެ ވެއްޓެއް ބިނާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީން ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވަމުންގެންދެއެވެ. އަދި ނިމިދިޔަ މަހު ވަނީ ލޯފަން ކުދިންނަށް ޙާއްސަ "ޝާމިލްއަޑު" އެޕެއްވެސް ތަޢާރަފްކޮށްފައެވެ.
advertisment
ހިޔާލު