ހިލޭ ޑިގްރީއަށް ކިޔަވައިދޭން ކުރިއަށް ގެންދާ ސްކީމް ދިރާސާކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. "ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު" ގެނަމުގައި މި ދިރާސާ ކުރިއަށް ގެންދާއިރު، ކޮންސަލްޓެންޓާއެކު ސޮއިކުރީ މިއަދުއެވެ.
މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނީ، މި ސްޓަޑީ ހެދުމުގެ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމެވެ. އަދި ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް ވެސް މި ދިރާސާގައި މުރާޖައާ ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
"ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމް ފަށާފައި ވަނީ 14 ފެބްރުއަރީ 2019 ގައެވެ.
މި ސްކީމްގެ ދަށުން މިހާތަނަށް 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
advertisment
ހިޔާލު