އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2019ވަނަ އަހަރު، ސާނަވީން އެއްވަނަ ދަރިވަރަކަށް ޝާހާ ހުސައިން، މަތީ ސާނަވީން އެއްވަނަ ދަރިވަރަކަށް އައިޝަތު ރީޝާ ހޮވައިފިއެވެ.
ޝަހާއަށް ލިބުނީ ސާނަވީން އެއްވަނައެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ ރީޝާއަށެވެ.
އެންމެ މޮޅު ދަރިވަރަށް ހޮވުނު ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައި ވެސް އަހްމަދިއްޔާ ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. އޭގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަދެއްކުމުގެ ގައުމީ މުބާރާތެވެ.
2019 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި އަހުމަދިއްޔާގެ 202 ދަރިވަރުން ބައިވެރިވެ، 95 އިންސައްތަ ދަރިވަރުން ވަނީ ފަސް މާއްދާއަށްވުރެ މަތިން ފާސްވެފައެވެ. އަދި އޯ.ލެވެލް އިމްތިޙާނުގެ ގައުމީ ގަދަ 10 ގެ 1 ވަނަ އާއި 10 ވަނައިގެ ތެރޭގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނެވެ. ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ތިން ދަރިވަރުން ވަނީ ހިމެނިފައެވެ. އެއީ 10 އޭގެ ޢައިޝަތު ޝައިބާން އާއި ފާޠިމަތު ޝައިޚާ ޙުސައިނާއި މަރިޔަމް ލައިސާ ޙުސައިން ޙަމީދެވެ.
މީގެ އިތުރަށް މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާގެ 4 ދަރިވަރަކު ހޮވުނެވެ. ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދީ، ރީއާ ޙުސައިން ފިރާޒުއެވެ. އޭނާވަނީ، އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 10 ވަނަ ހޯދާފައެވެ. އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ އަހްލާ ޢަލީ އެވެ. ފާޠިމަތު ޝާހާ ޙުސައިން ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 6 ވަނަ ހޯދާފައެވެ.
އަދި ހިސާބުން ރާއްޖެއިން 1 ވަނަ އައިނީ އިބްރާހީމް މަނިކު ހޯދިއިރު އިސްލާމުން ރާއްޖެއިން 1 ވަނަ އަޙްމަދު ސާމް ޢަބްދުﷲ ނާފިޒު ވަނީ ހޯދާފައެވެ.
2009 ވަނަ އަހަރު ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، މަރިޔަމް ލައިސާ ޙުސައިން ޙަމީދެވެ.
2009 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސުންނަށް ވެސް އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑް ދެވުނެވެ. ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވި މުދައްރިސަކަށް ހޮވުނީ އެކައުންޓިން މުދައްރިސް ޝިއުނާ އިބްރާހީމް ނަޞީރެވެ.
2019 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ. އިމްތިޙާނާ އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ތަކުގައި، އަޙްމަދިއްޔާގެ 223 ދަރިވަރުން ބައިވެރިވެ ވަރަށް ރަނގަޅު ނަތީޖާތަކެއް ވަނީ ހާޞިލް ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 32 ދަރިވަރުން ހިމެނުނެވެ.
އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާއިން 6 ދަރިވަރުން ހޮވުނެވެ. އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ. އަޙްމަދު މިޞްބާހު ޢަލީ އަށް އެކައުންޓިންގ އިން މުޅި ދުނިޔެއިން 2 ވަނަ ލިބުނެވެ. ޢައިޝަތު ނިޝްމާ ޙަސަން އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 3 ވަނަ ހޯދިއެވެ. ޢައިޝަތު ހަމްނާ ޢުމަރު 12އެޗް އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދިއެވެ. ޢައިޝަތު ރީޝާ އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދިއެވެ. އަދި މަރިޔަމް އިޝްރާ ރަމީޒު 12ޖޭ ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދިއެވެ.
މީގެ ތެރެއިން އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދުމުގެ އިތުރަށް މުޅި ރާއްޖެއިންވެސް 1 ވަނަ ހޯދާފައެވެ. އަދި މަރިޔަމް މާވީން މުޞްޠަފާ ވަނީ މުޅިރާއްޖެއިން ދިވެހިން 1 ވަނަ ހޯދާފައެވެ.
advertisment
ހިޔާލު