އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން (އައި.އެޗް.ކިޔު) "އަންހާރު" 4ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ބަލައިގެން ކިޔުމުގެ ހާއްސަ މުބާރާތެކެވެ.
އައިއެޗްކިއުއިން ބުނީ މިއަހަރު މި މުބާރާތްކުރިއަށް ގެންދާނީ ވަރޗުއަލްކޮށް ކަމަށެވެ. 2 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން މި މުބާރާތުގައި ކިޔަވާ ފަރާތްތަކުގެ ތެރެއިން "އަންހާރު ތަރި" ހޮވާނެކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ. އެ ގޮތުން"އަންހާރު ތަރި" ހޮވުމުގައި ބަލާނީ، 16 އަހަރުން މަތީގެ އުމުރުފުރާތަކުގެ ދަރިވަރުން ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުންނާއި 16 އަހަރުން ދަށުގެ އުމުރުފުރާތަކުން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުންނަށްކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފަތުރަން މަސައްކަތް ކުރުމާއި ކީރިތި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފައްދާ ޤާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުންކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.
އަންހާރު މުބާރާތުގެ ބައިވެރިން ރިކޯޑިން ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ މާދަމާގެ ރޭގަނޑު 8:00ޖެހުމުގެ ކުރިންނެވެ.
advertisment
ހިޔާލު