ކޮއްކޮމެން ޕްރީ ސްކޫލުން ށ. ފުނަދޫ އަބްދުﷲ އަބްދުލްކަރީމް ޕްރީސްކޫލް (އާކް ޕްރީސްކޫލް) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ހިންގާ އާކް ޕްރީ ސްކޫލާއެކު ވެވުނު މި އެއްބަސްވުމަކީ ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއްކަމަށާއި މި އެއްބަސްވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ކޮއްކޮމެންގެ ޕްރީ ސްކޫލުން ބުނެއެވެ.
މި އެއްބަސްވުމުގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ތަމްރީންތައް ރާވާހިންގުމާއި، ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން ދެ މަދަރުސާގެ މުދައްރިސުން ތަޖްރިބާ ހޯދުމަށްޓަކައި 'އެކްސްޗޭންޖް ޕްރޮގްރާމް' ތަކަށް ފުރުސަތުލިބިގެންދާނެއެވެ.
ށ. ފޮނަދޫ ކައުންސިލް އިދާރާގައި ބޭއްވި މިރަސްމިއްޔާތުގައި ކޮއްކޮމެން ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު އެވެ. އަދި ފޮނަދޫ ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފޮނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ. އަދި އެއްބަސްވުން ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސާ ފަރްޒާނާ އާދަމްއެވެ.

މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ މަޝްވަރާގެ ތެރެއިން ހިޔާލުބަދަލުކޮށް މަސަތްކަތް ކުރުމާއި ކުރިއެރުވުން ހިމެނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުނގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަން ދެފަރާތުންވެސް ހިއްސާކުރާނެއެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި 'ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް' ތަރައްޤީ ކުރުމާއި އުގަންނާއި ދިނުމަށް ބޭނުންކުރާނެ އާލާތްތަށް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނެއެވެ.
މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޢިލްމު އިންސްޓިޓިއުޓްއާއި ގުޅިގެން ފަށާފައެވެ.
advertisment
ހިޔާލު