ށ. ފުނަދޫ ސްކޫލުގެ ރަން 50 އަހަރު!

ށ. ފުނަދޫ ސްކޫލުގެ 50ވަނަ އަހަރީ ދުވަސް މިއަދު އެސްކޫލުން ފާހަގަކޮށްފިއެވެ.

ށ.ފުނަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ޝަރީފް ވިދާޅުވީ، ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތެއްގެ ގޮތުގައި އެ ސްކޫލުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ހަރަކާތެއްކަމަށެވެ. އެއީ ދުވަހާއި ގުޅޭ ހާއްސަ އެސެންބްލީއެއްގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހަވީރެކެވެ.

އެ ސްކޫލްގެ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ އެސެމްބްލީއެއް މިއަދު ބާއްވާފައިވާއިރު، ސްކޫލުގެ އައު ޔުނިފޯމާއި ސްކޫލްގެ 50 އަހަރުގެ ލޯގޯވެސްވަނީ ތައާރަފްކޮށްފައެވެ.
ފުނަދޫ ސްކޫލްގެ 50ވަނަ އަހަރީ ދުވަހާއި ގުޅޭ ގޮތުން ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދީފައިވަނީ އެ ސްކޫލަށް މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ހިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންދާ ފަރާތަކާއި، މިހާރު ސްކޫލްގެ ކެޕްޓަންއާއި ފުނަދޫ ސްކޫލްގެ އިސްދަރިވަރަކާއި އެ ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ނޯރތް ޒޯންގެ މެނޭޖަރެވެ.

އެސެމްބްލީގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އިބްރާހިމް ޝަރީފްވަނީ ފާއިތުވެދިޔަ 50 އަހަރަކީ، ފުނަދޫ ސްކޫލަށް ކާމިޔާބު 50 އަހަރުކަން ފާހަކުރައްވާ އެ ސްކޫލްގައި ކިޔަވައިދެއްވާފައިވާ މުދައްރިސުންނާއި މިހާރު ކިޔަވައިދެމުންދާ މުދައްރިސުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އެ ސްކޫލުގެ މުދައްރިސުންނަކީ، ހީވާގި ކުޅަދާނަ ޤާބިލް މުދައްރިސުންކަން ފާހަގަކުރައްވާ ފުނަދޫ ސްކޫލްގެ ދަރިވަރުންނަކީ 21 ވަނަ ޤަރުނަށް ތަހުޒީބްވެފައިވާ ދަރިވަރުންނަށްވުމަށް ހިތްވަރުދެއްވާ މުސްތަޤްބަލްގައި ފުނަދޫ ސްކޫލްގެ މުދައްރިސުން ސްކޫލްގެ ހިންގުމުގެ އިސް މަޤާމްތައް އަދާކުރުމަށްވެސް ވަނީ ހިތްވަރުދެއްވާފައެވެ.

ށ.ފުނަދޫ ސްކޫލަކީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12އާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މި ވަގުތު މި ސްކޫލްގައި 617 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު މި ސްކޫލްގެ ދަރިވަރުންނަކީ، އެ ސްކޫލަށް ފަޚުރުވެރި ވަނަތަކެއް ހޯދައިދެމުން އަންނަ ދަރިވަރުންތަކެކެވެ. ނިމިދިޔަ އޭ ލެވެލް އިމްތިހާނުން ފުނަދޫ ސްކޫލްގެ 3 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ އޭރު އޯލެވެލް އިމްތިހާން ހެދި 6 ދަރިވަރަކުވަނީ ޤައުމީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *