ފާއިތުވި އަހަރު އަމީނިއްޔާގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މުޙަންމަދު ޖޫދު ޖާވިޒު ހޯދައިފިއެވެ. އަމީނިއްޔާގެ 77 އަހަރު ވީ ތާރީޚުގައި އެންމެ މޮޅު ދަރިވަރެއްގެ މަގާމް ފިރިހެން ދަރިވަރަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ޖޫދު ވަނީ އަމީނިއްޔާ ސްކޫލްގެ ފިރިހެން ކެޕްޓަނަކަށް ވުމުގެ ޝަރަފު ވެސް ހޯދާފައެވެ.
ޖޫދު ވަނީ ސާނަވީ އިމްތިޙާނުގައި ނުވަ މާއްދާގައި ބައިވެރިވެ، ހަތަރު އޭ ސްޓާއާއި ހަތަރު އޭގެ އިތުރުން އެއް މާއްދާއިން ބީ ހޯދާފެއެވެ.

ޖޫދު ފާހަގަކުރެވެނީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާ ދަރިވަރެއްގެ ގޮތުގައެވެ. ފުޓްބޯޅައާއި ބާސްކެޓަކީ ޖޫދު އެންމެ ސަމާލުކަން ދޭ ކުޅިވަރެވެ.
ޖޫދު: އަމީނިއްޔާގެ ފުރަތަމަ ފިރިހެން ކެޕްޓަނަށްވެ، ތާރީޚުގެ ތެރެއަށް
އަމީނިއްޔާ ސްކޫލްގެ 2020-2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ ބާއްވާފައިވާއިރު، އެންމެ މޮޅު ދެ ވަނަ ދަރިވަަރަކަށް ހޮވުނީ އާއިޝަތު ފާާލިހާ ފަޔާޒެވެ. ތިން ވަނަ ފާތިމަތު ރަޝާ އަބަދުއްރައްޒާގެވެ.
ސާނަވީ އިމްތިޙާނުގައި އަމީނިއްޔާ ސްކޫލްގެ 226 ދަރިވަރުން ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގައި 37 ދަރިވަރުންވަނީ ހިމެނިފައެވެ. ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ދެ ދަރިވަރަކު ވަނީ ހިމެނިފައެވެ.
advertisment
ހިޔާލު