ވެހި އެޑިޔުކޭޝަނަލް ޓުއަރ"ގެ ނޮދަން ސެންޓްރަލް ޒޯނުގެ ބައިވެރިން އިސްކަންދަރު ސްކޫލަށް"

ނޮދަން ސެންޓްރަލް ޒޯނުގެ ސްކޫލުތަކުގެ ބައިވެރިން މިއަދު އިސްކަންދަރު ސްކޫލަށް ކުރި ޒިޔާރާތުގައި؛- ފޮޓޯ// އެޑިޔުކޭޝަން މިނިސްޓްރީ

ނޮދަން ސެންޓްރަލް ޒޯނުގައި ހިމެނޭ ސްކޫލުތަކަށް ކުރިއަށްގެންދާ “ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022”ގެ ބައިވެރިން މިއަދު އިސްކަންދަރު ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

އިއްޔެ ފެށި މި ޓުއަރ ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙުމަދު މުޖާހިދެވެ. ޓުއަރ ގެ ފެށުމުގެ ރަސްމިއްޔާތުގައި ޤުރްޢާން ކިޔަވާފައިވަނީ ޢިމާދުއްދީން ސްކޫލުގެ ދަރިވަރެކެވެ.

ފެށުމުގެ ރަސްމިއްޔާތަށް ފަހު، މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އަހުމަދު ޢަލީ ވަނީ ޓުއަރ ގެ ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.

ނޮދަން ސެންޓްރަލް ޒޯނުގެ ބައިވެރިން ވަނީ މި ޓުއަރ ގެ ދަށުން މިއަދު އިސްކަންދަރު ސްކޫލަށް ޒިޔާރަތްކޮށްފައިވާއިރު، އިއްޔެ މި ބައިވެރިން ވަނީ ތާޖުއްދީން ސްކޫަލަށް ޒިޔާރަތްކޮށްފައެވެ.

"ވެހި އެޑިޔުކޭޝަނަލް ޓުއަރ" އަކީ ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *