ހިރިޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ފާތިމަތު އަނާ ނިޒާމާއި، މަރިޔަމް ލައިޝާ ޝަރީފު ހޮވައިފިއެވެ. އަނާއަކީ 2020-2021 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. ލައިޝާއަކީ 2016 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ.
އަނާ ވަނީ މި އަހަރު ބޭއްވީ ސާނަވީ އިމްތިޙާނުގައި، ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. އަދި ޓްރެވެލް އެންޑް ޓޫރިޒަމުން ވެސް ދުނިޔެއިން ތިންވަނަ ހޯދާފައެވެ.

ލައިޝާ ވަނީ 2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނައިގައި ހިމެނިފައެވެ.
ފާއިތުވި އަހަރު ހިރިޔާ ސްކޫލްގެ ފަޚުރުވެރި ދެ ވަނަ ހޯދީ ރީޝަމް މުޙައްމަދެވެ. ރީޝަމް ވަނީ ސާނަވީ އިމްތިޚާނުގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
އެންމެ މޮޅު ތިން ވަނަ ދަރިވަރަކަށް ހޮވުނީ މުޙައްމަދު އަބާނެވެ. އަބާން ވަނީ މިއަހަރު ބޭއްވި ސާނަވީ އިމްތިޚާނުގައި، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.
ޤައުމީ ގަދަ ދިހައެއްގައި ހިރިޔާ ސްކޫލްގެ 30 ދަރިވަރަކު ހިމެނުނުއިރު، އެއްވަނައިގައި ތިން ދަރިވަރަކު ހިމެނުނެވެ. އެއީ އަބާންގެ އިތުރުން އާމިނަތު މިޝްކާ ވަސީމްއާއި މުޙައްމަދު ޝާމިޚް ޝަފީޤެވެ.
advertisment
ހިޔާލު