ސެޓެލައިޓް ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، އެންއައިއީން ފަށައިފިއެވެ.
ތިނެއް ފެބްރުއަރީގައި ފެށި މި ތަމްރީނު މަސައްކަތަކީ، ކޮންމެ ހަފްތާއެއްގެވެސް، އަންގާރަ އަދި ބުރާސްފަތި ދުވަހު ކުރިއަށްގެންދާ ތަމްރީން ތަކެކެވެ.

ސެޓެލައިޓް ސްކޫލުގެ ޓީޗަރުންނަށް މި ތަމްރީންތަކުގެ ތެރެއިން އޮންލައިންކޮށް ކިޔަވައިދިނުމުގައި ކޮމްޕިއުޓަރުން ބޭނުންކުރަންޖެހޭ އެކިއެކި ޓޫލް ތައް ދަސްވުމާއެކު، އޮންލައިންކޮށް ކިޔަވައިދިނުމުގައި ގެންގުޅޭ ގޮތްތަކާއި އާދަތަކާއި އުސޫލުތައްވެސް އެނގިގެންދާނެއެވެ.
މި ޓީޗަރުންނަށް ތަމްރީން ކޮށްދެނީ، އެންއައިއީގެ ޓީޗަރ ޓްރެއިނިންގ ޔުނިޓުގެ ޓްރެއިނިންގ ޓީމު، ނިއުމާ މުޙައްމަދު، ޢާސިޔަތު ސަމާ އަދު ލިޒްނާ އަބްދުالله އެވެ.
advertisment
ހިޔާލު