ގއ.ކޮލަމާފުށީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މޯލްޑިވްސް ޕޮލިޓެކްނިކް އިން ގުޅިގެން ކޮލަމާފުށީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ( ސީ.ޔޫ.ޕީ )ދަށުން ހިންގޭ މެރިން މެކޭނިކް ސެޓްފިކެޓް 3 ކޯސް " އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއަރ އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހިމް ދީދީއެވެ. މިރަސްމިއްޔާތުގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައެއް އިސްވެރިންނާއި ކައުންސިލް މެމްބަރުންނާއި، މުވައްސާތަކުގެ އިސްވެރިން އަދި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.
މެރިން އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިޕޮރްގްރާމްއަކީ މިނިސްޓްރީ އޮފްޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އަތޮޅު ތެރޭގައި ހިންގޭ މިފަދަ ފުރަތަމަ ޕޮރްގްރާމެއެވެ.
މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޮލަމާފުށީގައި ކުރިއަށްދާ މި ކޯހުގައި ޖުމްލަ 22 ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެން ދާނެއެވެ.
advertisment
ހިޔާލު