ދިޔަމިގިލި ސްކޫލުން ބެލެނިވެރިންގެ ދުވަސް ފާހަގަކޮށްފި

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން. ފޮޓޯ: ދިޔަމިގިލި ސްކޫލް

ދިޔަމިނގިލީ ސްކޫލުން ބެލެނިވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.  ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުންވަނީ ވަރަށް ހާއްސަ އެސެންބްލީއެއް ބާއްވާފައެވެ.

އެސްކޫލުގެ ލީޑިންގ ޓީޗަރ އައިޝަތު މިޒްނާ ވިދާޅުވި ގޮތުގައި މި އެސެންބްލީގައި، ބެލެނިވެރިންގެ ދުވަހަށް ހާއްސަކޮށްގެން ކޭކްއެއް ފެޅުމުގެ އިތުރުން ކޮންމެ ބެލެނިވެރިއަކަށްވަނީ މަލެއް ހަދިޔާކޮށްފައެވެ. މި އެސެމްބްލީއަށްފަހު ބެލެނިވެރިން، ކީ ސްޓޭޖްތަކަށް ބަހާލައިގެންވަނީ ކުކިން ކޮމްޕެޓިޝަންއެއް ބާއްވާފައެވެ.  މީގެ އިތުރުން ހަވީރު ބެލެނިވެރިންގެ މެދުގައިވަނީ ތަފާތު އެކި ކުޅިވަރު ހަރަކާތްތައްވެސްވަނީ ބާއްވާފައެވެ.

މީގެ އިތުރުން ބެލެނިވެރިންގެ ދުވަހާއި ގުޅިގެން އެ ސްކޫލުންވަނީ، ބެލެނިވެރިންނަށް ޑިނަރ ނައިޓްއެއް ބައްވާފައެވެ. މި ޑިނަރ ނައިޓްގައި ބެލެނިވެރިން މަދަހަކިޔުމާއި ސްކޫލް ސްޓާފުންގެ ފަރާތުން ބެލެނިވެރިންނަށް ހާއްސަ އައިޓަމްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

އެސްކޫލްގެ ލީޑިން ޓީޗަރ އައިޝަތު މިޒްނާ ވިދާޅުވީ މި ހަރަކާތްތަކަށް ބެލެނިވެރިންގެ ފަރާތުންވަނީ ވަރަށް ފުރިހަމަ ބައިވެރިވުމެއް ލިބިފައިވާކަމަށާއި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ، ދަރިވަރުންގެ ކިޔެވުމަށް ބެލެނިވެރިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމާއި ހަމައެހެންމެ ސްކޫލާއި ބެލެނިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުންކަމަށެވެ.

ލީޑިން ޓީޗަރ އައިޝަތު މިޒްނާ، ފާހަގަކުރެއްވި ގޮތުގައި އެ ސްކޫލް ބެލެނިވެރިންނަކީ، ސްކޫލްގެ އިތުރު ހަރަކާތްތަކާއި، ސްކޫލުން އެދުނު ކޮންމެ ކަމެއްގަވެސް ފުރިހަމަ އެއްބަރުލުން ފޯރުކޮށްދޭ ހީވަގި ބެލެނިވެރިންތަކެއް އުޅެމުން އަންނަ ސްކޫލެކެވެ. މި ސްކޫލަކީ، ފައުންޑޭޝަނުން ފެށިގެން ގްރޭޑް 10 ހަމައަށް ކިޔަވާދެމުން އަންނަ ސްކޫލެކެވެ. 180 ދަރިވަރުންދަނީ، ދިޔަމިގިލި ސްކޫލްގައި ތައުލީމް ހާސިލްކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *