ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރަން 125،000ރުފިޔާގެ އެހީއެއް

ރަފޭލްސްގެ ފަރާތުން ދިން ފައިސާގެ އެހީ ގދ. އަތޮޅު ތަޢުލީމީމަރުކަޒާ ހަވާލުކުރަނީ- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރަން ދެ ފަރާތަކުން 125،000ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. އެ މަރުކަޒުގެ ލައިބްރަރީ ޒަމާނާ އެއްގޮތަށް ބައްޓަން ކުރުމަށް ހިންގާ ޕްރޮޖެކްޓަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހުވަދު އަތޮޅުގައި ހިންގާ ރިސޯޓެއް ކަމުގައިވާ ރަފޭލްސް މޯލްޑިވްސްގެ އިތުރުން އެސްޓީއޯއިންނެވެ.

ތިނަދޫގައި ހުންނަ އެއަތޮޅު ތަޢުލީމީމަރުގެ ލައިބްރަރީ ތަރައްޤީ ކުރުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރަނީ އެ މަރުކަޒުގެ އިސްދަރިވަރުންނެވެ. ރަފޭލްސްއިން ވަނީ ލައިބްރަރީ ތަރައްޤީކުރަން 75،000 ރުފިޔާގެ އެހީއެއް ވެދީފައެވެ. އެސްޓީއޯއިން ދީފައި ވަނީ 50،000ރުފިޔާއެވެ.

އެސްޓީއޯއިން ދިން ފައިސާގެ އެހީތެރިކަން ހަވާލުކުރުމަށްފަހު، ދަރިވަރުންނާއި ޕްރިންސިޕަލް އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ދަރިވަރުންނަށް ލައިބްރަރީގެ ބޭނުން މިހާރަށްވުރެ ފުޅާކޮށް ހިފުމުގެ އިތުރުން ހިތްގައިމު މާހައުލެއްގައި ފޮތް ކިޔޭނެ އިންތިޒާމް ހަމަޖެއްސުމާއި އީ ލައިބްރަރީއެއްގެ ގޮތުގައި އެ ލައިބްރަރީ ހަމަޖެއްސުމެވެ.

ލައިބްރަރީ ތަރައްޤީކޮށް ހުޅުވާލާއިރު، މިހާރަށްވުރެ ގިނަ އަދަދެއްގެ ރެފަރެންސް ފޮތްތައްވެސް ހުންނާނެ ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *