ހަތަރު އުމުރުފުރައަކަށް، މާލޭ ސިޓީ ކައުންސިލުން މަދަހަ މުބާރާތެއް ބާއްވަނީ

ހަތަރު އުމުރުފުރައަކަށް، މާލޭ ސިޓީ ކައުންސިލުން މަދަހަ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އަންނަ ރަމަޟާން މަސް ފާހަގަ ކުރުމުގެ ގޮތުން "މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443″ގެ ނަމުގައި ބާއްވާ މި މިބާރާތުގައި ކަނޑައަޅާފައިވާ އުމުރުފުރާތަކަކީ  6 އަހަރުންދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ. އަދި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ ހުސްވި ޖެނުއަރީއަށް ދަރިވަރަށް ފުރިފައިވާ އަހަރަށް ކަމަށް ސިޓީކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ސިޓީކައުންސިލުން ބުނީ މި މުބާރާތުން އެއްވަނަ ދެވަނަ ތިން ވަނައިގެ އިތުރުން ކޮންމެ އުމުރުފުރައަކުން އެއްވަނަ ދެވަނަ ތިންވަނަ ހޮވާނެ ކަަމަށެށެވެ.

މިމުބާރާތުގެ ވަނަވަނަ އަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމްތަކަކީ؛

ކޮންމެ އުމުރުފުރާއަކުން  1 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/3000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުޅިމުބާރާތުން       1 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އާއި މުބާރާތުގެ އުޞޫލު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ މާރޗް މަހުގެ ވިހި ވަނަ ދުވަހެވެ. މިބާރާތުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 2:00 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *