ލ. އަތޮޅު މުކުރިމަގު ސްކޫލަށް ދެ ކުލާސްރޫމް އިތުރުކުރުމަށް ޖަޕާނު ސަރުކާރުން 1.2 މިލިއަން ރުފިޔާ (79،425 ޑޮލަރު ) ހަދިޔާކޮށްފިއެވެ.
"ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" (ޖީޖީޕީ) ގެ ދަށުން ދިން މި ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީއެވެ. މުކުރިމަގު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް އަބްދުﷲ ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން މުކުރިމަގުސްކޫލަށް އިތުރުކުރާ ދެ ކުލާސް ރޫމް ބޭނުންކުރާނީ އެލްކޭޖީއާއި ޔޫކޭޖީއަށެވެ. އަދި މީގެ އިތުރުން މި އެހީގެ ތެރެއިން ގުދުރަތީ ކާރިސާތަކުގައި ބޭނުންކުރާނެ އިވެކުއޭޝަން ޝެލްޓަރެއް ވެސް ގާއިމް ކުރާނެއެވެ.
މުކުރިމަގު ސްކޫލްގައި 70 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ،
advertisment
ހިޔާލު