ބިލެއްފަހީ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް ބޭއްވޭ ސްޓަޑީ ކޭމްޕް މިއަދު ފަށާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި ކޭމްޕް ކުރިއަށްދާނީ މިއަދު މެންދުރުން ފެށިގެން ހޮނިހިރުދުވަހަށެވެ. މި ކޭމްޕް ކުރިއަށްގެންދެވޭނީ ދަންފަޅިތަކަކަށް ބަހައިލައިގެންނެވެ.
މި ސްކޫލުގެ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަޑައިގަންނަވަނީ، ފޯކައިދޫ ސްކޫލުގެ އެކައުންޓްސް އަދި ހިސާބު މުދައްރިސް ޢަލީ ނާދިރެވެ.
މި ސްޓަޑީ ކޭމްޕަކީ، އޯލެވެލް އިމްތިހާނުގައި އިށީންނަދަރިވަރުން، މި އިމްތިހާނަށް ހޭލުންތެރިކުރުވުމަށާއި، ދަތިވާ މާއްދާގެ ސުވާލުތަކާއި މާއްދާއަކުން ފަހުމް ނުވާ އެއްޗެހި އޮޅުންފިލުވުމަށް ބޭއްވޭ ކޭމްޕެކެވެ.
ބިލެއްފަހީ ސްކޫލުން ދަނީ، އެ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިަވރުންގެ ނަތީޖާ ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ، ގްރޭޑް 10އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ބައްދަލުކޮށް އެ ދަރިވަރުންގެ ދަތިތަކާއި އެދުންތައް އަޑުއައްސަވާފައެވެ. މީގެ އިތުރުން، އެކްސްޓްރާ ކްލާސްތަކާއި ސްޓަޑީ ކޭމްޕުތައް ވެސް ވަނީ ރޭވިފައެވެ.
advertisment
ހިޔާލު