ޅ.އަތޮޅު ތައުލީމީ މަރުކަޒުން އެ ސްކޫލް ގެ އަަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ކީ ސްޓޭޖު (ކީ އެސް) ތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބެލެނިވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައެވެ.
އެ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި، ސްކޫލްގެ އަހަރީ ދުވާހާ ގުޅިގެން، ސްކޫލް ސާފުކުރުމާއި ސްކޫލް ގޯތިތެރެ ފެހިކުރުމަށްޓަކައި ސްކޫލްގައި އިން 18 ގަސްއިންދާބެޑު، ކީއެސްތަކަށް ބަހާލައިގެން ގަސްއިންދުމުގެ މަސައްކަތްދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ކީއެސް އަކުންވެސް ތިން ބެޑުގައި ގަސް އިންދަމުންދާނެކަން އެ ސްކޫލުންވަނީ މައުލޫމާތް ދެއްވާފައެވެ.
ހަމަމިއާއެކު، ކޮންމެ ދުވަހެއްގެ ހަވީރު 16:30 އިން 18:00 އަށް ބެލެނިވެރިންނާއި ދަރިވަރުން ގަސް އިންދުމުގައި ވަރަށް ފޯރިއާއެކު އުޅެމުންދާކަން ސްކޫލުންވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމްއަށް ގަސް ހަދިޔާ ކޮށްފައިވަނީ ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިންނެވެ.
އެ ސްކޫލްގެ 38ވަނަ އަހަރީ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތަކެއްދަނީ ރާވާ ހިންގަމުންނެވެ. އެ ގޮތުން އަހަރީ ދުވަހުގެ ހާއްސަ ކުއިޒެއްގެ އިތުރުން އަހަރީ ދުވަހާއި ގުޅިގެން ހަވީރެއްވެސްވަނީ ބާއްވަން ނިންމާފައެވެ.
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހަކީ، މިމަހު 10ވަނަ ދުވަހެވެ.
advertisment
ހިޔާލު