ބިލެއްފަހީ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް، "ދިހައެއްގެ ދަރިވަރުންގެ ދާލާ" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ދެ ބަޔަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ ދަރިވަރުންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ.
މި ބައްދަލުވުމުގައި، ދަރިވަރުން ސްކޫލުގައި ދިމާވާ ދަތިތަކާއި، ސްކޫލުގެ ފަރާތުން ރަނގަޅުކުރަންވީ ކަންތައްތައް އޮޅުންފިލުވާފައިވެއެވެ. ހަމަމިއާއެކު، ދަރިވަރުން ކިޔެވުމަށް ބުރޫ އަރާފަދަ ކަމެއް ގޭގެމާހައުލުން ދިމާވޭތޯއާއި، ދަރިވަރުގެ މުސްތަޤްބަލު ރާވާފައިވާ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރިއެވެ.
ބިލެއްފަހީ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވީ، ބޭނުމީ ދަރިވަރުންނާ ގުޅިގެން، ގާތްކަމާއެކީ ދަރިވަރުންނަށް ވާހަކަދައްކާލާނެ ފުރުސަތު ފަހި ކޮށްދިނުންކަމަށާއި ދަރިވަރުންނަށް ކިޔެވުމުގެ ގޮތުން ވިއަސް އެހެނިހެން ގޮތަކުންވިއަސް، އެއްވެސް އުނދަގުލެއް ދިމާވާނަމަ، އެ ވާހަކަތައް އަޑުއެއްސެވުންކަންވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
"ދަރިވަރުންނަށް ޔަޤީންކަން ދޭން ބޭނުމީ ކޮންމެ ހާލަތެއްގައިވިއަސް، ދަރިވަރުންނާއެކު ޕްރިންސިޕަލް ހުންނާނެކަން" -ބިލެއްފަހީ ސްކޫލް ޕްރިންސިޕަލް އަމްޖަދު ހުސެއިން
ބިލެއްފަހީ ސްކޫލުން ދަނީ، އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރުމަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން ގްރޭޑް ދިހައެއްގެ ދަރިވަރުންގެ އިތުރުގަޑީ ކްލާސްތަކާއި ސްޓަޑީ ކޭމްޕުތައް ވަނީ ރާވާފައެވެ.
advertisment
ހިޔާލު