ލަންދޫ ސްކޫލްގެ 55ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ސްކޫލުން ރުއް އިންދުމުގެ ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފިއެވެ.
ސްކޫލުން ފެށި "ފެހިކުރަމާ" ޕްރޮގަރާމްގެ ދަށުން އެ ސްކޫލްގެ ކޮންމެ ދަރިވަރެއްވަނީ އެރަށުގެ ބޭރުމަގުގައި ރުކެއް އިންދާފައެވެ. މިގޮތުން ސްކޫލްގެ ކޮންމެ މުވައްޒަފަކާއި ބެލެނިވެރިއެއް މި ސަރަހައްދުގައި ރުއް އިންދާފައިވާއިރު، ޖުމްލަ 1200 ރުއްވަނީ އިންދާފައެވެ.
އެ ސްކޫލުން ބުނި ގޮތުގައި މި ސަރަހައްދު ވަށައިގެން ރުއް އިންދާފައިވާއިރު، އިންދާފައިވަނީ ހުސް ދޮންރުއްކަމަށެވެ. މި ސަރަހައްދު ތަރައްޤީ ކުރުމަށްޓަކައި ގިނަ ރުއްތަކެއް މީގެ ކުރިން ކަނޑާފައިވުމާއެކު، އަލަށް މި އިންދި ރުއްތަކުން މި ސަރަހައްދަށް އިތުރު ދިރުމެއް ލިބިގެންދާނެކަންވެސް އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ. މި އިންދި ރުކަކީ ކޮންމެ ކުއްޖެއްގެވެސް އަމިއްލަ ރުކެއްކަން ހާމަކުރަމުން އެ ސްކޫލުންބުނީ، މިކަމުގެ ސަބަބުން ދަރިވަރުން މި ރުއްތައް ހެއްދުމަށް މަސައްކަތް ކުރާނެކަމަށެވެ.
އެ ސްކޫލުން އަހަރީ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތައްވަނީ ބާއްވާފައެވެ. "ފެހިކުރަމާ" ޕްރޮގްރާމްގެ ދަށުން އެ ސްކޫލްގެ ދަރިވަރުންވަނީ ސްކޫލްގައި ބޯގަންވިލާ ގަސް އިންދާ ބޯގަންވިލާގެ ބަގީޗާއަކަށް ސްކޫލް ހަދާފައެވެ.
advertisment
ހިޔާލު