ގދ.ނަޑެއްލާ ސްކޫލުގެ ގޯތިތެރޭގައި، އަމިއްލަފަރާތްތަކުގެ ތަކެތީގައާއި ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ތަކެއްޗާއިއެކު ބެލެނިވެރިންގެ ހިޔާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަންފަށައިފިއެވެ.
އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން، މި މަޝްރޫޢުއާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
އެގޮތުން މަޢުލޫމާތި ސާފުކުރުމަށް ހަމަޖެހިފައިވަނީ 06 މާރޗް ވަނަ އާދިއްތަ ދުވަހު 13:00 ގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވަނީ 09 މާރޗް ވާ ބުދަ ދުވަހު 13:00 ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނީ ނަޑެއްލާ ކައުންސިލް އިދާރާއިންނެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައިގައި ބަންދުކޮށްފަކަމަށާއި ސިޓީ އުރައިގެ ބޭރުގައި "ގދ.ނަޑެއްލާ ސްކޫލް ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކޮށްދިނުމަށް އެދި" މި ގޮތަށް ލިޔެފައި އޮތުމަށް މި އިދާރާއިން އެދެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ލިޔުމަކުން މި އިދާރާއަށް އެންގުމަށްވެސް ވަނީ އެދިފައެވެ.
ހަމަމިއާއެކު، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް މި އިދާރާއިން ވަނީ ބުނެފައެވެ.
advertisment
ހިޔާލު