އިނގުރައިދޫ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް އިސްލާމް ސްޓަޑީ ކޭމްޕެއް ކުރިއަށްގެންގޮސްފިއެވެ.
ގްރޭޑް 10އެއްގެ ދަރިވަރުންނަށް ޙާއްސަކޮށް ކުރިއަށްގެންދިޔަ މި ކޭމްޕުގައި ކިޔަވައިދެއްވީ ރެހެންދީ ސްކޫލުގެ އިސްލާމް މުދައްރިސް ޤާސިމް މުޙައްމަދެވެ.
އިސްލާމް ސްޓަޑީ ކޭމްޕުގައި ދަރިވަރުންނަށް އުންގަންނައިދީފައިވަނީ ތަފާތު ހަރަކާތްތަކާއެކީ ކުދިން ޝައުޤުވެރިވާނެގޮތަކަށެވެ. އެގޮތުން، ކްލާސްރޫމުން ބޭރުގައިވެސް ތަފާތު ހަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ.
ކްލާސްރޫމުގައި ކުރިއަށްގެންދެވުނު ސެޝަންތަކުގައިވެސް، ދަރިވަރުން ގަޔާވާނެ ގޮތަކަށް ގްރޫޕްތަކަށް ބަހައިލައިގެން އެކި އެކި ހަރަކާތްތަކާއެކީ ކުރިއަށްގެންގޮސްފައިވެއެވެ.
މި ސްޓަޑީ ކޭމްޕުގައި ގާތްގަނޑަކަށް 19 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
advertisment
ހިޔާލު