35 ވަނަ އަހަރުގެ އިޖްތިމާޢި މަސައްކަތުގެ ގޮތުން ހުރާ ސްކޫލުން "ހުރަވީ ފަންނު"

ހުރާ ސްކޫލުގެ 35 ވަނަ އަހަރީ ދުވަހާއި ގުޅިގެން ، އެސްކޫލުގެ އިޖްތިމާޢީ މަސައްކަތެއްގެ ގޮތުން ހުޅުވި "ހުރަވީ ފަންނު"؛- ފޮޓޯ: ހުރާ ސްކޫލް

ހުރާ ސްކޫލުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން، އިޖްތިމާޢީ މަސައްކަތެއްގެ ގޮތުގައި، "ހުރަވީ ފަންނު"ގެ ނަމުގައި އެ ރަށު ބީޗު ސަރަހައްދު ހުޅުވައިފިއެވެ.

"ހުރަވީ ފަންނު" މި ނަމަކީ، ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ އާއްމުންގެ ގޮނޑުދޮށް ސަރަހައްދު ތަރައްޤީކުރުމަށްފަހު ދެވުނު ނަމެވެ. ނަމުގައި "ހުރަވީ" ބޭނުން ކުރެވިފައި އެވަނީ، ހުރާ ސްކޫލާ އެއްގޮތްކުރުމުގެ ބޭނުމުގައެވެ.

"ހުރަވީ ފަންނު" ހުޅުވައިދެއްވީ ހުރާ ކައުންސިލުގެ މެމްބަރު އަލްފާޟިލް ޙަސަން ފިރާޝްއެވެ.

ރަށުގެ ރައްޔިތުން ބީޗުގައި ހިތްފަސޭހަ ކޮށްލުމަށާއި، ޕިކްނިކް ދިޔުމަށްޓަކައި، ޕިކްނިކް ހަޓަކާއި، ޖޯލިފައްޗާއި ބެންޗު ވަނީ "ހުރަވީ ފަންނު"ގައި އިމާރާތްކުރެވިފައެވެ.

ހުރާ ސްކޫލުގެ 35 ވަނަ އަހަރީ ދުވަހާއި ގުޅިގެން ، އެސްކޫލުގެ އިޖްތިމާޢީ މަސައްކަތެއްގެ ގޮތުން ހުޅުވި "ހުރަވީ ފަންނު"؛- ފޮޓޯ: ހުރާ ސްކޫލް

ހުރާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު އަރީޝާ ވިދާޅުވީ، "ހުރަވީ ފަންނު" އިމާރާތްކުރުމުގައި ވަރަށް ބޮޑު ފަންޑެއް އެއްކުރެވުންކަމަށާއި، އޭގެތެރޭގައި، ރިސޯޓުގައި އުޅޭ އާއްމު ފަރުދުންނާއި، ބެލެނިވެރިންނާއި، ބެލެނިވެރިން ނޫން އެހެނިހެން ފަރުދުންނާއި ވިޔަފާރިވެރިން ހިމެނޭކަމަށެވެ.

"ހުރަވީ ފަންނު" ހުޅުވުމުގައި ޢަމަލީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވެދިން ހުރިހަ ބޭފުޅުންނަށް އެ ސްކޫލުން ވަނީ ހަނދާނީލިޔުމެއް ހަވާލުކޮށްފައެވެ.

ހުރާ ސްކޫލުގައި، ކޮންމެ އަހަރީ ދުވަހެއްގައިވެސް އިޖްތިމާޢި މަސައްކަތެއް ކުރުމަށް ވަނީ ހަމަޖެހިފައވެ. އެގޮތުން ބީޗް ތަރައްޤީކުރުމަކީ ނިމިދިޔަ އަހަރު ނިންމަން އޮތް މަސައްކަތެއްކަމަށް ޕްރިންސިޕަލް އައިމިނަތު އަރީޝާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮވިޑު ހާލަތުގެ ސަބަބުން އެއް އަހަރަށް ފަހު "ހުރަވީ ފަންނު" މިވަނީ މިއަހަރު ހުޅުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *