ނުވަގަޑީގެ ސައި، ކުޑަފަރީ ސްކޫލް ޕްރިންސިޕަލް ގްރޭޑް 10ގެ ދަރިވަރުންނާއެކު

ޕްރިންސިޕަލްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން:،ފޮޓޯ: ކުޑަފަރީ ސްކޫލް

ނ.ކުޑަފަރީ ސްކޫލް ޕްރިންސިޕަލް އެ ސްކޫލް ގްރޭޑް 10ގެ ދަރިވަރުންނާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ހެނދުނުގެ ކުޑަ ސަޔަކަށް ޕްރިންސިޕަލްވަނީ ދަރިވަރުންނާއެކީ އިންސާފުކުރައްވާފައެވެ.

ނ.ކުޑަފަރީ ސްކޫލް ޕްރިންސިޕަލް އަޙްމަދު ހުސެއިން ވިދާޅުވީ، މި ބައްދަލުވުމުގައި ގްރޭޑް 10އެއްގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވާ ސްޓަޑީ ކޭމްޕްތަކާއި، އެކި ރިސޯސް ކްލާސްތަކާއި ގުޅޭ ގޮތުން ދަރިވަރުން ދެކޭ ގޮތް ޕްރިންސިޕަލާއި ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން، ދަރިވަރުން ފާހަގަކުރި ގޮތުގައި، މި ކްލާސްތަކަކީ، ވަރަށް ބޭނުންތެރި އަދި ފިލާވަޅުތައް އިތުރަށް ފަހުމްވެގެންދިޔަ ކްލާސްތަކެއްކަމަށާއި، މި ކްލާސްތަކުގެ ސަބަބުން ފިލާވަޅުތައް އިތުރަށް ފަސޭހަވެގެންދިޔަކަންވެސް އެ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ދަރިވަރުންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ވަކި ހާއްސަކަމެއް އޮތްނަމަ ހިއްސާކުރުމުގެ ފުރުސަތުވެސް މި ބައްދަލުވުމުގައި ވަނީ ހުޅުވާލާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންނަށް ހިތްވަރުދިނުންކަމަށާއި، ކުރިއަށް އޮތް އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ޕްރިންސިޕަލް އަޙްމަދު ހުސެއިން ފާހަގަކުރެއްވިއެވެ. އެގޮތުން، އެކި ކްލާސްތަކާއި ސްޓަޑީ ކޭމްޕްތައް ދަނީ ރާވާ ހިންގަމުންކަން ފާހަގަކުރައްވާ އަންނަ މަހު ފަހެއްގައި ހިސާބު ކޭމްޕެއް ބާއްވަން ރަވާފައިވާއިރު، ލަންދޫ ސްކޫލްއާއެކު އިސްލާމް ކޭމްޕެއް ބޭއްވުމަށް އެސްކޫލުންވަނީ ނިންމާފައިކަން ފާހަގަކުރެއްވިއެވެ.

ނ.ކުޑަފަރީ ސްކޫލުން އޯލެވެލް އިމްތިހާނުގައި 10 ދަރިވަރުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *