އެޑިއުކޭޝަން މިނިސްޓަރ ހއ.ތުރާކުނު ކައުންސިލާ ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ހއ.ތުރާކުނު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެ ރަށު ސްކޫލްގެ ތަރައްޤީއާއި ގުޅޭ އެކި ކަންކަމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުﷲ ލަތީފް ވިދާޅުވީ މި ބައްދަލުވުމުގައި، އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެ ކައުންސިލުން އެދިފައިވާނީ، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓް އަވަސްކޮށްދިނުމާއި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އޮޅުން ފިލުވުމެވެ. މީގެ އިތުރުން އޮފީސް ބްލޮކް، ލައިބްރަރީ އަދި އިތުރު 2 ކްލާސް ރޫމްގެ މަސައްކަތް އަވަސްކޮށްދިނުމާއި އިންޓަނެޓްގެ މައްސަލަ ހައްލުކޮށްދިނުމަށްވެސް އެދިފައިވާނެކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ. މި ފެށޭ މާރިޗްމަހު މި މަސައްކަތުގެ ކޮންޓްރެކްޓް ހަވާލުކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ.

އަދި ސްކޫލްގެ އިދާރީ ކަންކަމާއި ގުޅޭ ގޮތުން މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ލިބުމުގައި ދިމާވެފައިވާ ދަތިތައްވެސް ހިއްސާކޮށްފައިވާނެކަމަށް އެ ކައުންސިލުންވަނީ މައުލޫމާތު ދީފައެވެ. މި ކަން މާދަން ހައްލުވެގެންދާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ވަގުތު ތުރާކުނު ސްކޫލަށް ދިމާވެފައިވާ ދަތިތައް ހިއްސާކުރައްވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވީ، ކްލާސްރޫމްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް އުނދަގޫކަމަށާއި، އިންޓަރނެޓް ލަސްވުމުގެ ސަބަބުން ކިޔަވައިދިނުމަށް އެކި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށެވެ. 89 ކުދިން ތައުލީމް ހަސިލްކުރަމުންދާ ތުރާކުނު ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *