"ނޯތް ޒޯން ވެހި އެޑިއުކޭޝަނަލް ޓުއަރ 2022″ މިއަދު ފަށައިފި

"ނޯރތް ޒޯން ވެހި އެޑިއުކޭޝަނަލް ޓުއަރ 2022" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ

"ނޯތް ޒޯން ވެހި އެޑިއުކޭޝަނަލް ޓުއަރ 2022″ މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ.

ވެހި އެޑިއުކޭޝަނަލް ޓުއަރއަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން މާލޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމެންޓާއި ބައްދަލުކޮށް ސްކޫލް ހިންގަމުންދާގޮތް ބައްލަވައި އެސްކޫލްތަކުގައި ގެންގުޅޭ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްހެދުމަށް ކުރިޔަށްގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ. އަދި އެ އަތޮޅުތަކުގެ ސްކޫލްތަކުގެ ހިންގުން ރަނގަޅުކުރަމަށްޓަކައި ޢަމަލްކުރެވިދާނެ ހަރުދަނާ ގޮތްތަކާއި އުސޫލްތައް ދެނެގަތުމަށް މި ޕްރޮގްރާމްގެ ސަބަބުން ފަސޭހަވެގެންދެއެވެ.

"ނޯރތް ޒޯން ވެހި އެޑިއުކޭޝަނަލް ޓުއަރ 2022″ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ

މި އެޑިއުކޭޝަނަލް ޓުއަރ ފެށުމުގެ ގޮތުން މިއަދު ނޯރތް ޒޯންގެ ހޮވާލެވިފައިވާ ސްކޫލްތަކުގެ ޕްރިންސިޕަލުން ދިޔުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ނޯރތް ޒޯން ތެރޭގައި ހިމެނެނީ ހ،ހދ އަދި ށ އަތޮޅެވެ. މި ޕްރޮގްރާމްގައި 13 ޕްރިންސިޕަލުން ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

"ނޯރތް ޒޯން ވެހި އެޑިއުކޭޝަނަލް ޓުއަރ 2022″ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޓްވިޓަރ

މި ޓުއަރގެ ޚާއްސަ މަޤްސަދަކީ ސްކޫލްތަކުގެ މެދުގައި ތަޖްރިބާ ޙިއްސާކުރުމެވެ.

ކޮންމެ އަހަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ވެހި އެޑިއުކޭޝަނަލް ޓުއަރ އެކި ޒޯންތަކަށް ބަހާލައިގެން ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *