ޝަހީދުންގެ ދުވަހާ ގުޅިގެން ފުވައްމުލައް ޕަބްލިކް ލައިބްރަރީން ކްރިއޭޓިވް އާޓް ހަފްތާއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މާދަމާއިން ފެށިގެން އަންނަ މާރިޗްމަހުގެ 3ވަނަ ދުވަހާ ހަމައަށެވެ.
މިހަރަކާތުގައި 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ހަރަކާތުގައި ހުށަހަޅަން ޖެހޭނީ ޝަހީދުންގެ ދުވަހާ ގުޅޭ ކުރެހުމެކެވެ. ހުށަހަޅާ ކުރެހުމުގެ ސައިޒްއަކީ އޭ3 ސައިޒްއެވެ. އަދި ހުށަހަޅާ ކުރެހުމުގައި ފުރިހަމަ ނަން، އުމުރު، ގުޅޭނެ ނަންބަރެއް އަދި ގޭގެ ނަން ލިޔުމަށް އެ ލައިބްރަރީން އެދެއެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ، ޝަހީދުންގެ ޒިކުރާ އާކުރުމެވެ.
ފުވައްމުލައް ޕަބްލިކް ލައިބްރަރީއަކީ، ތަފާތު އެކި ޕްރޮގްރާމް ދަރިވަރުންނަށް ހިންގާ ލައިބްރަރީއެކެވެ. ނަމަވެސް ކޯވިޑްގެ ހަލާތާއި ގުޅިގެން ސިލްސިލާ އެއްވެސް ޕްރިގްރާމްއެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ހާއްސަ އެކި ދުވަސްތަކާއި ގުޅިގެން އެކި ޕްރޮގްރާމް ހިންގާކަމަށް އެ ލައިބްރަރީން މަޢުލޫމާތު ދެއެވެ.
advertisment
ހިޔާލު