ކުޅުދުއްފުށީ ކައުންސިލުން ކުރިން ހިންގަމުން އައި އަމީރު އަމީން ސްކޫލް، ޕްލޭ ސްކޫލެއްގެ ގޮތުގައި ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.
އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ހުސްވި އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާ ގުޅިގެން 12 ފަރާތަކުން މައުލޫމާތު ސާފުކުރި ނަމަވެސް އެއްވެސް ފަރާތަކުން ބިޑްކޮށްފައެއް ނުވެއެވެ. އެހެންވެ އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ކުޅުދުއްފުށީ ކައުންސިލުން ވަނީ އަލުން ހުޅުވާލާފައެވެ.
އަމީރު އަމީން ސްކޫލްގެ ކިޔެވުން ހުއްޓުނީ ކޮވިޑްގެ ހާލަތާ ގުޅިގެން ފީ ދެއްކުމަށް ދިމާވި ދަތިތަކާ ގުޅިގެންނެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ސުކޫލްގެ ބިމާއި އިމާރަތްތައް ކުއްޔަށް ހިފަން ޝަޢުޤުވެރުވާ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހު ރަޖިސްޓްރީކޮށް، ޖެހިގެން އަންނަ ދުވަހު މައުލޫމާތު ސާފުކޮށް، މާރޗް މަހުގެ 31 ވަނަ ދުވަހުގެ 14:00އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ ޒަމާނީ ތައުލީމުގެ ތެރެއިން ޕްލޭ ސްކޫލެއްގެ ޚިދުމަތް ދިނުމަށް އަމީރު އަމީން ސްކޫލް ވިހި އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭން ބޭނުންވާ ކަމަށެވެ.
advertisment
ހިޔާލު