އެޑިޔުކޭޝަން މިނިސްޓަރ ރ.އަލިފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓަރ ރ.އަލިފުށީ ކައުންސިލާ ބައްދަލުކުރެއްވުުމުގެ ތެރެއިން؛- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ރ.އަލިފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ރ.އަލިފުށީ ކައުންސިލުގެ އިތުރުން، މިނިސްޓްރީގެ ޓީމުވެސް ވަނީ ބައިވެރިވެފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ރ.އަލިފުށީ ކައުންސިލާ ބައްދަލުކުރެއްވުުމުގެ ތެރެއިން؛- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ރ.އަލިފށީ ކައުންސިލާ އެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އަ ރަށު ސްކޫލާ ގުޅޭ އެކި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އަލިފުށީ ސްކޫލުގައި ދަރިވަރުންނަށް އުނގަންނާދިނުމާއި ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދެކެވިގެންދިޔައެވެ.

ރާއްޖޭގެ ސްކުލުތަކުގެ ކިޔަވައިދުނުމަށާއި އެހެނިހެން ތަރައްޤީއަށް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ދަނީ ކައުންސިލްތަކާއެކީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *