އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ "ކެމްބްރިޖް ރިވިއު 2022″ ގެ ބައްދަލުވުމުގައި ގައި ބައިވެރިވެވަޑައިގެންފިއެވެ.
ކެމްބްރިޖް ރިވިއު އަކީ، ކެމްބްރިޖް އިމްތިހާނު ތަކާއި ދަރިވަރުން މިހާރު ކިޔަވަމުންދާ ސިލަބަހަށް ގެންނަން ޖެހޭ އިތުރު ބަދަލުތަކާއި ކުރިއެރުންތައް މަޝްވަރާކުރާ ބައްދަލުވުމެކެވެ.
މިފަހަރުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ 2021 ވަނަ އަހަރު ސްކޫލު ތަކުގެ ސަޕޯޓް ސްޓްރެޓެޖީސްގެ ކަންތައްތަކާއި 2022 ވަނަ އަހަރަށް ކަނޑައެޅިފައިވާ ކިޔަވއިދިނުމާއި އެސެސްމެންޓް ޕްލޭން ތަކުގެ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި "ކެމްބްރިޖް ރިވިއު" އަކީ ކޮންމް އަހަރަކުވެސް ބޭއްވޭ ބައްދަލުވުމެކެވެ.
advertisment
ހިޔާލު