ރަސްމާދޫ ސްކޫލްގައި އެ ސްކޫލް އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ދުވަހެއް ފާހަގަކޮށްފިއެވެ.
އިއްޔެ އެ ސްކޫލުގެ އިދާރީ މުވައްޒަފުން ކުރާ މިންނެތް މަސައްކަތް ބަލައިގަނެ އެކަމުގެ އަގު ވަޒަންކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން، ހާއްސަ އެސެމްބްލީއެއް ބޭއްވުމަށްފަހު، މެންދުރު ކެއުމަކާއި މުވައްޒަފުންނަށް ހަދިޔާ ދިނުމުގެ ހަރަކާތްތައް މި ސްކޫލުން ކުރިއަށްގެންދިޔައެވެ.

އަލަށް ފާހަގަކުރެވޭ މި ދުވަހުގައި، އެ ސްކޫލުގެ އިދާރީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތްތައް ރާވާ އިންތިޒާމުކޮށްފައިވަނީ އެ ސްކޫލުގެ އެކަޑަމިކް މުވައްޒަފުން އިސްނަގައިގެންނެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނާސިހް ވިދާޅުވި ގޮތުގައި، ސްކޫލްގެ ކުރިއެރުމާއި ހިންގުމަށް އިދަރީ މުވައްޒަފުން ކުރާ މަސައްކަތްތަކަކީ ބުރަ މަސައްކަތްތަކެއްކަމާއި، 11 އިދާރީ މުވައްޒަފުން މި ސްކޫލްގައި މަސައްކަތްކުރާއިރު، މި މުވައްޒަފުންނަކީ ވަރަށް ހީވާގި މުވައްޒަފުންތަކެއްކަންވެސް ޕްރިންސިޕަލްވަނީ ފާހަގަކޮށްފައެވެ.

އަދި ވަކި ވަގުތެއްނެތި ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، ސްކޫލުން ފަހާގަކުރާ މުހިއްމު ދުވަސްތައް އަދި އިތުރު ހަރަކާތްތަކުގައި އިސްކޮން ހަރަކާތްތެރިވުމުގައި، އެ ސްކޫލްގެ އިދާރީ މުވައްޒަފުން ހަރަކާތްތެރިވާކަން ޕްރިންސިޕަލް ވިދާޅުވިއެވެ.

ކޯވިޑް19ގެ ހާލަތު އެ ރަށުގައި ގޯސްވުމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން މި ހަރަކާތްތަކުގައި ބައިވެރި ވެފައިނުވެއެވެ.
އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ މިދުވަސް އަހަރީ ގޮތެއްގައި ފާހަގަކުރުމަށް ވަނީ ހަމަޖެހިަފއެވެ.
advertisment
ހިޔާލު