ތިން ސްކޫލެއްގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓުގައި ސޮއިކޮށްފިއެވެ. މި ސްކޫލުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށް ސޮއިކޮށްފައިވަނީ އިއްޔެއެވެ.

މިގޮތުން، ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލު ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވިގެންދިޔައީ ކަރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި ފަރާތުން މަސައްކަތަށް ހުށަހަޅާފައިވަނީ އެގާރަ މިލިއަން އައްލައްކަ ސާޅީސްހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް އައްރުފިޔާ ހަތްދިހަ ފަސްލާރިއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 330 ދުވަހުގެ ތެރޭގައެވެ.
ގއ.އަތޮޅު މަދަރުސާހެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އަދި ކަރާ ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ވަހީދުއެވެ.

ހދ.ނައިވާދޫ ސްކޫލު ހޯލުގެ މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެފަރާތުން މި މަސައްކަތަށް ނުވަ މިލިއަން ހަތަރުލައްކަ ތިންހާސް ހަތްސަތޭކަ ހަތާވީސް ރުފިޔާ ސާދަލާރި ހުށަހަޅާފައިވާއިރު، މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ހދ.ނައިވާދޫ ސްކޫލު ހޯލުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އަދި ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތަސީން ޢަލީއެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކުރެވިގެންދިޔައީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެފަރާތުން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަތަރު މިލިއަން ހަތްލައްކަ ނަވާވީސްހާސް ނުވަސްތޭކަ ހަތްދިހަ ދެ ރުފިޔާ ފަސްދޮޅަސް އެއްލާރިއެވެ. އަދި މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އަދި ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިންގ ހަސަން އިބްރާހިމް ދީދީއެވެ.
advertisment
ހިޔާލު