މިއަދަކީ ދުނިޔޭގެ ސްކައުޓުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް 22 ފެބްރުއަރީ، ސްކައުޓުން ފާހަގަކުރަނީ، ފައުންޑަރސް ޑޭ ނުވަތަ ވަރލްޑް ސްކައުޓްސް ޑޭ ގެ ނަމުގައެވެ.
މިދުވަސް ދުނިޔޭގެ ހުރިހާ ސްކައުޓުން ފާހަގަކުރަނީ، ލޯޑް ބޭޑެން ޕަވެލްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ބޭޑެން ޕަވެލް ސްކައުޓް ހަރަކާތް އުފެއްދީ 1907ގައެވެ. ކުޑަ ކުޑަ ގްރޫޕަކުން އުފެދުނު މި ހަރަކާތުގައި 172 ޤައުމެއްގެ 57 މިލިއަން ސްކައުޓުން ހިމެނެއެވެ.

މިއަދަކީ ހަމައެކަނި، ލޯޑް ބޭޑެން ޕަވެލްގެ އުފަންދުވަހެއް ނޫނެވެ. މިއީ އޭނާގެ އަންހެނުން އޯލޭވް ބޭޑެން ޕަވެލް ގެ ވެސް އުފަންދުވަހެވެ. ލޭޑީ ބޭޑެން ޕަވެލް އަކީ ވަރލްޑް ޗީފް ގައިޑެވެ. އެހެންކަމުން، ދުނިޔޭގެ ހުރިހާ ގައިޑުން މިދުވަސް ފާހަގަކުރަނީ ވަރލްޑް ތިންކިންގ ޑޭގެ ނަމުގައެވެ. ވަރލްޑް ތިންކިންގ ޑޭ ގެ މިއަހަރު ތީމް އަކީ "އަވަރ ވާރލްޑް، އަވަރ އީކުއަލް ފިއުޗަރ، ދަ އެންވަރރޮމެންޓަލް އިޝޫސް އެންޑް ކްލައިމެޓް" އެވެ.
މި ޝިޢާރުގެ ދަށުން ދުނިޔޭގެ އަންހެން ސްކައުޓްސް އަދި ގައިޑުން ދާނީ ތިމާވެއްޓާއި ކްލައިމެޓްގެ ސަބަބުން އަންހެންކުދިންނަށާއި އަންހެނުންނަށް ދިމާވާ ދަތިތައް ބަލަމުންނެވެ.

ފައުންޑަރސް ޑޭ އަދި ވަރލްޑް ތިންކިންގ ޑޭ ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައިވެސް ސްކައުޓުންނާއި ގައިޑުން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. ބައެއް ސްކޫލުތަކުގައި، ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު، އެހެން ސްކޫލްތަކުން ދަނީ ޙާއްސަ އެސެމްބްލީތައް ބާއްވަމުންނެވެ.
advertisment
ހިޔާލު