ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އެ ސްކޫލުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެ ސްކޫލުންވަނީ މުދައްރިސުންގެ ދަތިކަމާއި، ސްކޫލުގެ ވަސީލަތްތައް އަޕްގްރޭޑް ކުރުމާއި އަދި އައު އިމާރާތާ ގުޅޭ ގޮތުން ރައީސްއަށް ދަންނަވާފައެވެ.
އެމަނިކުފާނު ސްކޫލުގެ އިސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެސްކޫލުގެ އިސްވެރިން އެދިވަޑައިގެންނެވި ގޮތަށް އެސްކޫލުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ އެކި ކަންކަމުގައި އެހީތެރިވެދެއްވާނެ ކަމަށެވެ.
advertisment
ހިޔާލު