ރީޑިންގ ރޫމްގެ ފަރާތުން ހިރިޔާ ސްކޫލުގެ ޓީޗަރުންނަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރީޑިންގ ރޫމްގެ ފަރާތުން ހިރިޔާސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ޓީޗަރުން ދަރިވަރުންނަށް އުނގަންނައިދެމުންދާއިރު އެ ދަރިވަރުން ފޮތްކިޔުމުގެ ޝައުގު އުފައްދާނެ ގޮތްތައް ޓީޗަރުންނަށް އަންގައި ދިނުމަށް ކުރިއަށް ގެންދެވުނު ސެޝަންއެކެވެ.

ރީޑިންގ ރޫމްގެ ފަރާތުން ނިހާން އަދި އާސިމާ މައުލޫމާތު ދެއްވަނީ / ފޮޓޯ ހިރިޔާ ސްކޫލު

މި ސެޝަންގައި ރީޑިންގ ރޫމްގެ ފަރާތުން ޓީޗަރުންނާއި ގުޅިގެން ވަރަށް ޝައުގުވެރި އަދި ދެފަރާތް ޝާމިލްވާ ގޮތަށް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތައް ނަންގަވައިދެއްވީ ރީޑިންގ ރޫމްގެ ފަރާތުން އައިމިނަތު ނިހާންއާއި އާސިމާ އަބްދުލްޤާދިރެވެ.

ކްލާސް ރޫމްގައި ދަރިވަރުން އުޅޭއިރު ފޮތް ކިޔުމަށް ޝައުގުވެރިކުރުވާނެ ކަންތައްތަކާއި ގުޅޭ ގޮތުން ގިނަ މަޢުލޫމާތުތަކެއް މި ސެޝަންގައި ވަނީ ހިއްސާކޮށްފައެވެ.

ރީޑިންގ ރޫމްގެ ފަރާތުން ހިރިޔާ ސްކޫލް ޓީޗަރުންނަށް ހަރަކާތަތަކެއް ކުރިއަށް ގެންދަނީ / ފޮޓޯ ހިރިޔާ ސްކޫލު

މި ސެޝަންގައި ދަރިވަރުން ފޮތް ކިޔުމަށް ޝައުގުވެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކިޔޭނެ ކަހަލަ ވާހަކަތަކާއި މި ނޫންވެސް ފޮތް ކިޔުމަށް ޝައުގު ކުރުވާނެ އެތައް ގޮތްތަކެއް ރީޑިންގ ރޮމްގެ ފަރާތުން ޓީޗަރުންނާއި ވަނީ ހިއްސާކޮށްފައެވެ.

މި ސެޝަންގެ ތެރެއިން ހިރިޔާ ސްކޫލްގެ ޓީޗަރުންގެ ވާހަކަ ހުށަހެޅުންވެސް ވަނީ ފެނިގެން ގޮސްފައެވެ. ރީޑިންގ ރޫމްއިން އަންނަނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި މިފަދަ ޕްރޮގްރާމްތައް ރާވައި ހިންގައި ދަރިވަރުންް ފޮތް ކިޔުމަށް އަހުލުވެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *