ފ.ނިލަންދޫ ސްޕޯޓްސް ކްލަބުގެ ފަރާތުން، ފ.އަތޮޅު ތަޢުލީމީ މަރުކަޒު(ފ.އޭއީސީ)އަށް ކުޅިވަރުގެ ބައެއް ސާމާނުތައް ހަދިޔާ ކުރައްވައިފިއެވެ.
ނިލަންދޫ ސްޕޯޓްސް ކްލަބުން ހަދިޔާ ކޮށްފައިވާ ސާމާނުތަކަކީ، ފުޓްސަލް ބޯޅައާއި، ކުޅިވަރަށް ބޭނުންވާ ދިދައާއި، ބިބްސް ތަކާ އަދި ވޮލީ ސްކޯބޯޑެވެ.

މި ތަކެތި ސްކޫލާއި ހަވާލުކޮށްދެއްވީ، ނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު ޢަލީ، ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނިޒާމް އަދި ޖަމިއްޔަތުއް ޝަބާބުގެ ފަރާތުން އަބްދުލް މަޖީދެވެ.
ފ.އޭއީސީގެ ފަރާތުން ތަކެއްޗާއި ހަވާލުވީ އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އަޙްމަދެވެ.
ޕްރިންސިޕަލް އަބްދުﷲ އަޙްމަދު ވިދާޅުވީ، ސްކޫލުގައި ކުޅިވަރަށް ބޭނުންވާ ބައެއް ސާމާނު މަދުކަމަށާއިި، އަންނަ ހަފްތާގައި އިންޓަރ ހައުސް ފުޓްސަލް މުބާރާތް ފެށެން އުޅޭކަމަށެވެ. އެހެންކަމުން، ކުޅިވަރުގެ ސާމާނުތައް އެ ފަރާތްތަކުން ހަދިޔާ ކޮށްދެއްވުމަކީ، ކުޅިވަރުގެ މުބާރާތްތައް ކުރިއަށް ވުރެ ފުރިހަމައަށް ބޭއްވޭނެ ކަމެއްކަން ޕްރިންސިޕަލް ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު