މިނިސްޓްރީ އޮފް ޔޫތާއި ފެނަކަ ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ދެ ފަރާތުން ސޮއި ކޮށްފައިވަނީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާއި ގުޅުން ހުރި މަސައްކަތްތަކަށް ސަނަދު ލިބޭ ތަމްރީން ޕްރޮގްރާމެއް ފެއްޓެވުމުގެ އެއްބަސްވުމެއްގައެވެ.

މި އެއްބަސް ވުމުގެ ދަށުން 120 ޒުވާނުން ތަމްރީންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީންކުރާ ބައިތަކުގެ ތެރޭގައި، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް ނެޝަނަލް ސެޓްފިކްޓް 3، ސުވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަަންސް ނެޝަނަލް ސެޓްފިކްޓް 3، ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް ނެޝަނަލް ސެޓްފިކްޓް 3 އަދި ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެނިންޓަނަންސް ނެޝަނަލް ސެޓްފިކްޓް 3 ގެ ތަމްރީންތައް ކުރިއަށް ގެންދެވޭނެއެވެ.

މި ޕްރޮގްރާމް 2 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާއިރު،  ތަމްރީން ޕްރޮގްރާމްތައް ކުރިއަށްދާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް  ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްސް" ތަކާއި އެއްގޮތަށެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއް ލިބޭނެއެވެ.

ފެނަކައިން ބުނީ މި އެއްބަސްވުމުގެ ދަށުން ހިންގޭ ޕްރޮގްރާމުތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއަށްދެވޭނެ ގިނަ ފުރުސަތުތަކެއް ހުޅުވާލެވޭކަމަށެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮގްރާމުގެ ޒަރިއްޔާއިން ،މަސައްކަތުގެ ދާއިރާއިން  ތަމްރީނާ ތަޖްރިބާ ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *