ހިރިޔާ ސްކޫލުގެ ގްރޭޑް 5ގެ ދަރިވަރުންނަށް 'ކަލްޗަރ އެންޑް އައިޑެންޓިޓީ" އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެކުދިން މިހާރު ކިޔަވަމުންދާ ތީމްއަކާއި ގުޅޭ ގޮތުން ލީޑިންގް ޓީޗަރ ރަހްމާ ސައީދު ކުރިއަށް ގެންދެވި ސެޝަނެކެވެ. ރާއްޖޭގެ ކަލްޗަރ އާއި ގުޅޭގޮތުން ދަރިވަރުންނަށް ލީޑިންގ ޓީޗަރ ރަހުމާ ވަނީ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މި ސެޝަންގައި އެކުދިންނަށް ކަލްޗަރއާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.
މި ސެޝަނުގައި ލީޑިން ޓީޗަރ ރަހުމާ ވަނީ ދަރިވަރުންނަށް މި ތީމްއާއި ގުޅޭގޮތުން ގިނަ މައުލޫމާތު ތަކެއް ފޯރުކޮށްދީފައެވެ.
މި ސެޝަން ކުރިއަށް ގެންދެވުނީ އެ ސްކޫލުގެ ހޯލުގައެވެ. މި ސެޝަން ވެގެންދިޔައީ ދަރިވަރުން ވަރަށް ޝައުގުވެރިވި ސެޝަންއެކެވެ.
advertisment
ހިޔާލު