މިއަހަރުގެ މެއި/ޖޫން އިމްތިހާނުގެ ފައިސާއާއި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފަހުގެ ތާރީހް އިއުލާންކޮށްފި

2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައި.އޭ.ލް އިމްތިހާނުގެ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީހު އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ފައިސާ ބަލައިގަތުމާއި ފޯމް ދޫކުރަން މިއަދު ފަށާފައިވާއިރު، އެންމެ ފަހުގެ ތާރީހަކީ މި މަހު 20 ވަނަ ދުވަހެވެ. އެ ޑިޕާޓްމެންޓުން ބުނެފައިވާ ގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް އެ ޑިޕާޓްމެންޓުން މިކަން ކުރިއަށް ގެންދާނެއެވެ. އަދި އެޕްލިކޭޝަން ފޯމް އެ ޑިޕާޓްމެންޓްގެ ވެބްސައިޓްhttp://www.dpe.edu.mv ލިބެން ހުންނާނެއެވެ.

މިއަހަރު އެޑެކްސެލް އައި.އޭ.ލް ގެ އިމްތިހާން މެއި/ޖޫންގައި ފަށާއިރު، ގިނަ ސްކޫލްތަކުން ދަނީ އިތުރު ގަޑިތައް ނަގައި ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *