ދިވެހި މާއްދާއާއިގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އދ. ދަނގެތީ ސްކޫލުގައި އެ ސްކޫލުގެ ދަރިވަރުންގެ މައުލޫމާތުގެ ޚަޒާނާ މުއްސަދި ކުރުމަށާއި އަދި ދިވެހި މި މާއްދާގެ އެކިއެކި މުހިއްމު މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މި ސެޝަންގައި އެސްއެސްސީ އިމްތިހާނުގެ ދިވެހި މިމާއްދާއާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ދަރިވަރުންނާއި ވަނީ ހިއްސާކޮށްފައެވެ. މި ސެޝަން ނަންގަވައިދެއްވީ މުދައްރިސް އިބްރާހިމް ހަސަންއެވެ.

ސެޝަންގެ ތެރެއިން އިބްރާހިމް ހަސަން މައުލޫމާތު ދެއްވަނީ. ފޮޓޯ: ދަނގެތި ސްކޫލު

މި ސެޝަންގައި ދަރިވަރުން ވަނީ މުހިއްމު ސުވާލުތައްކޮށް އެ ސުވާލުތަކުގެ ޖަވާބު ހޯދާފައެވެ. މިފަދަ ސެޝަންތަކަކީ އޯލެވެލްއަށް ތައްޔާރުވަމުންދާ އަދި ހާއްސަކޮށް ދިވެހި މި މާއްދާއާއި ގުޅޭ މުހިއްމު މައުލޫމާތުތައް އޮޅުން ފިލުވުމަށް މުހިއްމު ސެޝަންތަކެކެވެ. އަދި މި ސެޝަނަކީ ކުދިން ޝައުގުވެރިވި އަދި ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ ސެޝަންއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *