ޔޫކްރެއިންގައި ތިިބި ދިވެހި ދަރިވަރުންގެ ހާލަތު ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުން- ފޮރިން މިނިސްޓްރީ

ޔޫކްރެއިންގެ ސިޓީއެއް

ޔޫކްރެއިންގައި ތިިބި ދިވެހި ދަރިވަރުންގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށް  ފޮރިން މިނިސްޓްރީން ބުނެފިއެވެ. 50 އަށްވުރެ ގިނަ ދިވެހިން އެ ޤައުމުގައިދަނީ ދިރިއުޅެމުންނެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުމުގައި، ޔޫކްރެއިންގެ ދެ ސިޓީއެއްކަމަށްވާ، ހާކިވް އަދި ކިޔެވްގައި، ރަޝިޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ދެ ސިޓީއަކީވެސް، ދިވެހި ގިނަ ދަރިވަރުންތަކެއް ކިޔަވަމުން އަންނަ ދެ ސިޓީއެވެ.

ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު ރާއްޖޭގެ މީޑީއާއަކަށް މަޢުލޫމާތު ދީފައިވާ ގޮތުން، ހާކިވް ސިޓީގައި، ދިވެހި ގިނަ ދަރިވަރުން ދިރިއުޅެމުންދާކަމާއި، އެ ސަރަހައްދުގައި އިނގިރޭސި ވިލާތުގެ ގިނަ އަދަދެއްގެ ސިފައިންނާއި، އެމެރިކާ އަދި ރަޝިޔާގެ ސިފައިންވެސް ހަރަކާތްތެރިވަމުންދާކަމަށް ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު، ސިޓީ ދޫކޮށް ދާން ފެށުމުން، ބައެއް ދިވެހިންވެސް ދަނީ މެދުތެރޭ ސިޓީތަކަށް ބަދަލުވަމުންކަމަށްވެސް އެދަރިވަރުވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

ފޮރިންގ މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ދިވެހި ދަރިވަރުން، ހައި ކޮމިޝަނުގައި ރަޖިސްޓްރީވުމަށް އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *