ކެދިކުޅުދޫ ސްކޫލުން ދަރިވަރުންނަށް އާއިލީ ހަވީރެއް ބާއްވައިފިއެވެ. މިއީ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަވީރެކެވެ.
"މައި ފެމިލީ" ފިލާވަޅު ނިންމުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަވީރުގައި ކީ ސްޓޭޖް 1 އަދި 2 ގެ ހުރިހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ. ކޮންމެ ދަރިވަރެއްގެ އާއިލާ އެއްކޮށް ސްކޫލަށް ހާޒިރުވެގެން ކުރިއަށް ގެންދިޔަ މި ހަވީރުގައި ދަރިވަރުންނަށް ވަނީ އެކި އާއިލާގެ ވައްތަރުތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. އަދި ފިލާވަޅާ ގުޅޭ ތަމްސީލްތަކާއި އެކި ހުށަހެޅުންތައް ދަރިވަރުންވަނީ މި ހަވީރުގައި ދައްކާލާފައެވެ.
މި ހަވީރުގައި އާއިލާ އެއްކޮށް ކްރާފްޓް މަސައްކަތެއްވެސް ކުރުމަށްފަހު ވަނީ ދައްކާލާފައެވެ. އެއަށްފަހު ހުރިހާ ދަރިވަރުންގެ އާއިލާތައް އެއްކޮށް ވަނީ ސައި ބޮއެފައެވެ. ދަރިވަރުން މި ހަވީރުގައި، އާއިލާއާއެކީ އުފާވެރި ވަގުތުކޮޅެއްވަނީ ހޭދަކޮށްފައެވެ. މި އާއިލީ ހަވީރުގައި ދަރިވަރުންގެ މޫނު މަތިން ހިތްހަމަޖެހުން ފެނުނުކަން އެ ސްކޫލުން ފާހަގަކުރެއެވެ.
އާއިލީ ގުޅުމުގެ މާތްކަން ފާހަގަކުރަމުން ކެދިކުޅުދޫ ސްކޫލްގެ ލީޑިންގ ޓީޗަރ މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ހަވީރެއްގެ މައިގަނޑު މަގްސަދަކީ، އާއިލީ ގުޅުން ވަރުގަދަ ކުރުންކަމަށާއި އެ ގޮތުން މި ހަވީރުގައި ދަރިވަރުންނަށް އާއިލީ ގުޅުމުގެ މުހިއްމުކަމާއި މި ގުޅުން ބަދަހިކުރުމަށްވަނީ ނަސޭހަތްތެރިވެފައިކަމަށެވެ.
advertisment
ހިޔާލު