ފުނަދޫގައި ގިރާއަތު ލެވެލް ކޯހެއް ފަށަނީ

ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން އެ ރަށުގައި ގިރާއަތު ލެވެލް ކޯހެއް ފަށަން ނިންމައިފިއެވެ.

އެރަށު އަންހެނުން ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުކޮށް ހުޅުވާލާފައިވާ މި ކޯހުގައި އެރަށު ސްކޫލުގެ ގްރޭޑް 6 ން މަތީގެ ހުރިހާ ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށް ފުރުސަތު އެބައޮތް ކަމަށެވެ.

މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ 14:00 ގެ ކުރިން 9661886 އަށް މެސެޖް ކުރުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. މި ކޯސް ފަށަން ތާވަލު ކޮށްފައި ވަނީ 15 ފެބްރުއަރީގައެވެ. މި ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށެވެ. އަދި މިއީ އެމްކިޔުއޭގެ މުގައްރަރާއި އެއްގޮތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ޤާރީ ކޯސްތަކުގައި ކުރިން ކިޔަވާދެއްވާފައިވާ ތަޖުރިބާކާރު ގާރިންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *