ނ.ލަންދޫ ސްކޫލުން ގްރޭޑް 1،2،3 އަށް ކުރިއަށް ގެންދިޔަ އެންރިޗްމަންޓް ޕްރޮގްރާމް ނިންމައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓާއި ހަދިޔާ ދީފިއެވެ.
މި ހަރަކާތުގައި ކީ ސްޓޭޖް 1 ގެ ހުރިހާ ދަރިވަރުން ބައިވެރިވެ ވަނީ ހަދިޔާ ލިބަފައެވެ. ނަމަވެސް ސެޓްފިކެޓް ލިބިގެން ދިޔައީ ހަރަކާތްތަކުން ފުލީ އެޗީވް ހޯދި ދަރިވަރުންނަށެވެ.

މި ޕްރޮގްރާމްގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ރީޑިންގް ޕްރޮގްރާމް، ރައިޓިންގް ޕްރޮގްރާމް، ސްޕީކިންގް ޕްރޮގްރާމް، ނަވަތަ ދަސްކުރުން، ދިވެހި އަދި އިގިރޭސި ޑިކްޓޭޝަނައި ގުރުއާން ހިތުދަސްކުރުމުގެ ބައެއް ވެސް ހިމެނުނެވެ.
ދަރިވަރު ނޫހާށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ލީޑިންގް ޓީޗަރ މުހައްމަދު އިބްރާހިމް ވިދާޅުވީ ކުދިނަށް މިފަދަ ޕްރޮގްރާމްތައް ބޭއްވުމަކީ މުހިއްމު ކަމެއްކަމަށާއި ދަރިވަރުން ވަރަށް ބޮޑަށް މި ފަދަ މުބާރާތްތަކަށް އަބަދުވެސް ވަރަށް އިންތިޒާރުކުރާކަމަށެވެ. އަދި މިއީ ކުދިންގެ ބަހުގެ ފެންވަރާއި ލިޔުމުގެ ފެންވަރާއި މިނޫންވެސް ކިޔެވުމާއި ގުޅޭ އެކިއެކި ކަންކަން ކުރުމަށް ދަރިވަރުންނަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ.

މި ޕްރޮގްރާމް އަންނަ ޓާމްގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ލީޑިންގ ޓީޗަރ މުހައްމަދު ވަނީ ވިދާޅުވަފައެވެ.
މި ޕރޮގްރާމްގެ ސެޓްފިކެޓްތައް ދަރިވަރުންނާއި ހަވާލުކޮށްދެއްވީ ގްރޭޑް ކީ-ޕްރިސްކޫލް ލީޑިންގް ޓީޗަރ އަހުމަދު ނަދީމް، ގްރޭޑް 2ގެ ލީޑީންގް ޓީޗަރ އިބްރާހިމް ޝާމިލް، ގްރޭޑް3ގެ ކީ ސްޓޭޖް 1 ގެ ލީޑިންގް ޓީޗަރ މުހައްމަދު އިބްރާހިމްއެވެ.
މި ޕްރޮގަރާމް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ސްކޫލުން ވަނީ މައުލޫމާތު ދީފައެވެ.
advertisment
ހިޔާލު