މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން ވަރޗުއަލް އޯޕަންޑޭއެއް ބާއްވަނީ

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.

މި އޯޕަން ޑޭ ކުރިއަށްދާނީ ވާޗުއަލް ކޮށެވެ.

މި އޯޕަންޑޭގެ ތެރޭގައި ގަރލް ގައިޑްގެ ޔަންގ ލީޑަރަކަށް ވާން ބޭނުންވާ ކުދިންނަށް ގައިޑިންގގެ ހަރަކާތަކުގައި ދަސްކުރާ ކަންތައްތަކާއި އަދި އެމްޖީޖީއޭގެ މެމްބަރެއްގެ ގޮތުގައި ވެވޭނެ ގޮތްތަށްވެސް ކިޔައި ދެވޭނެއެވެ. މިއީ ގަރލް ގައިޑް އެސޯސިއޭޝަންގެ މާލޭ ބްރާންޗުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އޯޕަންޑޭ ކުރިއަށްދާނީ 12 ފެބްރުއަރީ 2022 ވަނަ ހޮނިހިރު ދުވަހުއެވެ. ދެ ސެޝަންއަކަށް ކުރިއަށްދާއިރު ހެދުނުގެ ސެޝަންއަކާއި މެންދުރު ފަހުގެ ސެޝަންއެއް ކުރިއަށް ގެންދެވޭނެއެވެ.

އުމުރުން 16އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ އަންހެން ކުދިންނަށް ގަރލް ގައިޑް ޔަންގ ލީޑަރަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ގަރލްގައިޑް ޔަންގ ލީޑަރުންގެ ގޮތުގައި ވޮލަންޓިއަރ ކުރަން ބޭނުންވާ ކުދިންނަށް އެ ސޯސިއޭޝަންގެ ޕޭޖުގައިވާ ލިންކުން ފޯމް ފުރިހަމަ ކުރުމުން މެމްބަރަކަށް ވެވޭނެއެވެ. މި ސެޝަންތަކުގައި އެދުވަހު ބައިވެރިވާ ކުދިންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

ގަރލް ގައިޑް އެސޯސިއޭޝަންގެ ޔަންގ ލީޑަރުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލަންޓިއަރކޮށް ގިނަ ހަރަކާތްތަކެއް ރާވާ އަމަލީ ގޮތުން ބައިވެރިވާ ދަރުމަވެރި އައިލާއެކެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް ކުރިއަށްގެންދާ އީދު ޕްރޮޖެކްޓެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *